އާއްމު އެންގުން

ކަނޑުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރުގެ ދުއްވުމުގެ ލައިސަންސްއާ ގުޅޭ:

ނަންބަރު: : (IUL)369-AS/369/2026/29
ޕަބްލިޝްކުރި ތާރީޚު: 18 އޮގަސްޓު 2026
ސުންގަޑި: 24 އޮގަސްޓު 2026

ކަނޑުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރުގެ ދުއްވުމުގެ ލައިސަންސް ދޫކުރުމުގެ ޚިދުމަތް މިކައުންސިލުން ފޯރުކޮށްދިނުމަށް ބޭނުންވެއެވެ. މި ޚިދުމަތް ފެއްޓުމަށްޓަކައި ކަނޑު ދުއްވުމުގެ އިމްތިހާން ދެއްވުމަށް މިކައުންސިލުން އެގްޒަމިނަރަކު ހޯދުމަށްފަހު އިޤްތިސާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާގައި ރަޖިސްޓަރ ކުރަންޖެހެއެވެ.

ވީމާ، ތިރީގައިވާ ޝަރުތުހަމަވާ ފަރާތްތަކުގެ ތެރެއިން މިކަން ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން  2026 އޮގަސްޓް 24ވާ ހޯމަ ދުވަހުގެ 13:00ގެ ކުރިން މި އިއުލާންގައިވާ ލިންކު މެދުވެރިކޮށް ނަންނޯޓު ކުރުމަށް ދަންނަވަމެވެ. 

ޝަރުތު: 

1. ކަނޑު އުޅަނދު ދުއްވުމުގެ ލައިސަންސް އޮތް ފަރާތަކަށްވުން 

2. ނިޔަމި ކަމުގެ ސެޓްފިކެޓް އޮތް ފަރާތަކަށްވުން

3. ލައިސަންސް ނެގިފަހުން މަދުވެގެން 1 އަހަރުދުވަހު އުޅަނދުފަހަރު ދުއްވުމުގައި ހޭދަކޮށްފައިވުން

ލިންކު: https://forms.fillout.com/t/uYQKT98HD6us

 މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިއުލާން ކުރީމެވެ. 

ޝެއަރ ކުރައްވާ

ޑައުންލޯޑް ކުރުމަށް

All Rights Reserved © 2026

މުލަކަތޮޅު މަޑުއްވަރި ކައުންސިލްގެ އިދާރާ