އާއްމު އެންގުން

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ކުރިއަށް އޮތް 5 އަހަރުގެ ޕްލޭނާއި ގުޅޭ ގޮތުން ލަފާދޭ ކޮމެޓީއެއް އެކުލަވާލުމާ ގުޅޭ(.)

ނަންބަރު: (IUL)369-AS/369/2026/30
ޕަބްލިޝްކުރި ތާރީޚު: 18 އޮގަސްޓު 2026
ސުންގަޑި: 24 އޮގަސްޓު 2026

މ.މަޑުއްވަރީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ކުރިއަށް އޮތް 5 އަހަރުގެ ޕްލޭނާއި ގުޅޭގޮތުން ލަފާދޭ ކޮމެޓީއެއް އެކުލަވާލުމަށް މ.މަޑުއްވަރީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ 4 ވަނަ ދައުރުގެ 7 ވަނަ އާންމު ބައްދަލުވުމުން ނިންމުމާއި ގުޅިގެން 2026 ޖުލައި 26 ގައި އިޢުލާން ކުރެވިފައިވީ ނަމަވެސް، (IUL)369-AS/369/2026/25 ނަންބަރު އިޢުލާނަށް  އެއްވެސް ފަރާތަކުން ޝައުގުވެރުކަން ފާޅުކޮށްފައިނުވާތީ އަލުން އިޢުލާން ކުރާކަމުގައި ދަންނަވަމެވެ.

       މި ކޮމެޓީގައި ހިމެނޭނީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ 3 މެމްބަރުންނާއި ރަށުތެރެއިން މި ކޮމެޓީގައި ބައިވެރިވުމަށް އެދި ނަންނޯޓް ކުރާ ފަރާތްތަކުގެ ތެރެއިން 5 ފަރާތެކެވެ. 

        ވީމާ، މި ކޮމެޓީގައި ބައިވެރިވުމަށް ޝަޢުޤުވެރިވާ ފަރާތްތައް 2026 އޮގަސްޓް 24 ވަނަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައިވާ ލިންކު މެދުވެރިކޮށް ނަންނޯޓް ކުރެއްވުން އެދެމެވެ. 

ފޯމް ލިންކު:https://forms.fillout.com/t/u4JZ67KjUAus 

         މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

ޝެއަރ ކުރައްވާ

ޑައުންލޯޑް ކުރުމަށް

All Rights Reserved © 2026

މުލަކަތޮޅު މަޑުއްވަރި ކައުންސިލްގެ އިދާރާ