ހިތްފަހި ފުޓްސަލް ޗެލެންޖް 2026 މުބާރާތުގެ އިންތިޒާމް ކޮމިޓީ މެމްބަރަކަށް ވުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލުން
މުލަކަތޮޅު މަޑުއްވަރި ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ ހިތްފަހި ފުޓްސަލް ޗެލެންޖް 2026 މުބާރާތް 31 އޮކްޓްބަރ އިން ފެށިގެން 6 ނޮވެމްބަރ 2026 ގެ މ.މަޑުއްވަރީ ގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މުލަކަތޮޅު މަޑުއްވަރީ ކައުންސިލްގެ 5 ވަނަ ދައުރުގެ 14 ވަނަ އާންމު ބައްދަލުވުމުގައި މުބާރާތަށް ވާންޖެހޭ ތައްޔާރީތައް ވުމަށާއި، މުބާރާތުގެ އިންތިޒާމްތައް ކާމިޔާބު ކަމާއެކު ކުރިއަށް ގެންދިޔުމަށް މުބާރާތުގެ އިންތިޒާމް ކޮމިޓީއެއް އެކުލަވާލުމަށާއި، މިކޮމިޓީގައި ހަރަކާތްތެރިވުމަށް ޝައުގުވެރިކަން ހުރި އާންމު ފަރުދުންނަށް އެފުރުސަތު ދިނުމަށް ކައުންސިލުން ވަނީ ނިންމާފައެވެ.
ވީމާ، މުބާރާތުގެ އިންތިޒާމް ކޮމިޓީގައި ހަރަކާތްތެރިވާން ބޭނުންވާ ފަރާތްތަކުން 2026 ސެޕްޓެމްބަރ 1 ވަނަ ދުވަހުގެ 14:00 ގެ ކުރިން ނަން ހުށަހެޅުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލަމެވެ.
މުބާރާތުގެ އިންތިޒާމް ކޮމިޓީއަށް ނަން ހުށަހަޅާ ފޯމް ލިންކު : https://forms.fillout.com/t/m1LDZu2JuJus
މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.