ކަނޑުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރުގެ ދުއްވުމުގެ ލައިސަންސްއާ ގުޅޭ:
މި ކައުންސިލްގެ (IUL)369-AS/369/2026/29 (18 އޮގަސްޓް 2026) އިއުލާނަށް އެއްވެސް ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައިނުވާތީ، އަލުން މިކަމަށް ޝައުގުވެރިކަން ހުރި ފަރާތެއް ހޯދުމަށް އިއުލާންކުރާކަމުގައި ދަންނަވަމެވެ.
ކަނޑުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރުގެ ދުއްވުމުގެ ލައިސަންސް ދޫކުރުމުގެ ޚިދުމަތް މިކައުންސިލުން ފޯރުކޮށްދިނުމަށް ބޭނުންވެއެވެ. މި ޚިދުމަތް ފެއްޓުމަށްޓަކައި ކަނޑު ދުއްވުމުގެ އިމްތިހާން ދެއްވުމަށް މިކައުންސިލުން އެގްޒަމިނަރަކު ހޯދުމަށްފަހު އިޤްތިސާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާގައި ރަޖިސްޓަރ ކުރަންޖެހެއެވެ.
ވީމާ، ތިރީގައިވާ ޝަރުތުހަމަވާ ފަރާތްތަކުގެ ތެރެއިން މިކަން ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2026 ސެޕްޓެމްބަރ 01 ވާ އަންގާރަ ދުވަހުގެ 13:00ގެ ކުރިން މި އިއުލާންގައިވާ ލިންކު މެދުވެރިކޮށް ނަންނޯޓު ކުރުމަށް ދަންނަވަމެވެ.
ޝަރުތު:
1. ކަނޑު އުޅަނދު ދުއްވުމުގެ ލައިސަންސް އޮތް ފަރާތަކަށްވުން
2. ނިޔަމި ކަމުގެ ސެޓްފިކެޓް އޮތް ފަރާތަކަށްވުން
3. ލައިސަންސް ނެގިފަހުން މަދުވެގެން 1 އަހަރުދުވަހު އުޅަނދުފަހަރު ދުއްވުމުގައި ހޭދަކޮށްފައިވުން
ލިންކު: https://forms.fillout.com/t/uYQKT98HD6us
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިއުލާން ކުރީމެވެ.