ހިތްފަހި ފުޓްސަލް ޗެލެންޖް 2026 މުބާރާތުގެ ޑްރާފްޓް ގަވާއިދަށް ޚިޔާލު ހުށަހެޅުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލުން(.)
މުލަކަތޮޅު މަޑުއްވަރި ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ ހިތްފަހި ފުޓްސަލް ޗެލެންޖް 2026 މުބާރާތް 31 އޮކްޓްބަރ އިން ފެށިގެން 6 ނޮވެމްބަރ 2026 ގެ ނިޔަލަށް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އެހެންކަމުން މި މުބާރާތުގެ ފައިނަލް ގަވާއިދު އެކުލަވާލުމުގެ މަސައްކަތްކުރަމުން ގެންދާތީއާއެކު ، އެ ގަވާއިދު ފައިނަލްކުރުމުގެ ކުރިން ، މި މުބާރާތުގެ ޑްރާފްޓް ގަވާއިދުން އިޞްލާހުކުރުމަށް ފެންނަ ކަންކަން ހިއްސާކުރުމަށް ފުރުޞަތު ހުޅުވާލަމެވެ. މުބާރާތުގެ ޑްރާފްޓް ގަވާއިދު މިއިއުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.
މުބާރާތުގެ ޑްރާފްޓް ގަވާއިދު ލިންކް: https://shorturl.at/a1G8O
ވީމާ ، މި ގަވާއިދަށް އެއްވެސް ފަރާތެއްގެ ޚިޔާލެއް ނުވަތަ ކޮމެންޓެއް އޮތްނަމަ 31 އޮގަސްޓް 2026 ވާ ހޯމަދުވަހުގެ 14:00 ގެ ކުރިން މ.މަޑުއްވަރީ ކައުންސިލް އިދާރާގެ އީމެއިލް އެޑްރެސް info@maduvvari.gov.mv އަށް މެއިލްކުރެއްވުން އެދި ދެންނެވީމެވެ.
މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.