ކަނޑުގައި ދުއްވާ އުޅަނދުފަހަރު އެހެލާ ސަރަހައްދަށް އުޅަނދުފަހަރު އެހެލާ ބޭލުމުގެ އުޞޫލަށް ޢަމަލުކުރުމަށް އެސަރަހައްދުގައި ހުރި އާންމު ރައްޔިތުންގެ އުޅަނދުފަހަރާއި އެހެނިހެން ތަކެތި ވީއެންމެ އަވަހަކަށް އެ ސަރަހައްދުން ނެގުމަށް
މުލަކަތޮޅު މަޑުއްވަރީ ގައި ކަނޑު އުޅަނދުފަހަރު އެހެލުމަށް ހާއްސަ ކުރެވިފައިވާ ސަރަހައްދު (އައިސް ޕްލާންޓް އިމާރާތާއި، ފައިބަރ އޮޑިހަރުގެ ދެމެދުގައި އޮތް ބިން) ތަރައްގީކުރުމުގެ މަސައްކަތް ކައުންސިލުން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާތީ، އެސަރަހައްދުގައި ހުރި އާންމު ރައްޔިތުންގެ އުޅަނދުފަހަރާއި އެހެނިހެން ތަކެތި ވީއެންމެ އަވަހަކަށް އެސަރަހައްދުން ނެގުމަށް އަންގަމެވެ. މިދެންނެވި ސަރަޙައްދަކީ މުލަކަތޮޅު މަޑުއްވަރި ބިނާވެށި ޕްލޭންގައި (ބިމުގެ ނަންބަރު : 59 .8.2) ސްލިޕްވޭ ބޯޓް ބިލްޑިން އަށް ހާއްސަކޮށްފައިވާ ބިމުގެ ސަރަހައްދެވެ.
1 އޮކްޓޯބަރ 2026 ގެ ފަހުން އެސަރަހައްދުގައި ނުނަގާ ހުރި އުޅަނދުފަހަރާއި އެހެނިހެން ތަކެއްޗާއި މެދު ކަނޑު އުޅަނދުފަހަރު އެހެލާ ބޭލުމުގެ އުސޫލާއި އެއްގޮތަށް ފިޔަވަޅު އެޅިގެންދާނެއެވެ.
އަދި ދަންނަވަމެވެ. ރަށުގެ ހުޅަނގު ފަރާތު އަތިރިމަތީ ސަރަހައްދުގައި އެހެލާ ނުބާލައި ގިނަ ދުވަސްވެފައިވާ އާންމުންގެ ކަނޑުއުޅަނދުފަހަރު އަދި ފެން ހަރުލާ ގޮތަށް ބަހައްޓާފައިވާ ތަކެތި ވީއެންމެ އަވަހަކަށް އެސަރަހައްދުން ނެންގެވުމަށް ދަންނަވަމެވެ
ވީމާ ، މިކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.