2027 – 2031 އަށް ތައްޔާރުކުރާ މިކައުންސިލްގެ 5 އަހަރުގެ ތަރައްޤީގެ ޕްލޭނަށް ޚިޔާލު ހޯދުމާގުޅޭ:
މިކައުންސިލްގެ ކުރިއަށް އޮތް 5 އަހަރަށް ތައްޔާރުކުރާ ތަރައްޤީގެ ޕްލޭން އެކުލަވާލުމަށް ކައުންސިލުގެ ބައްދަލުވުންތަކުންނާއި ސްޓޭކްހޯލްޑާރ ވޯކްޝޮޕުން ފާހަގަކުރި ކަންތައްތަކަށް ބިނާކޮށް އެކުލަވާލާފައިވާ ސްޓްރެޓެޖިކް އެކްޓިވިޓީތަކަށް އާންމުގެ ޚިޔާލު ހޯދުމަށް ހުޅުވާލަމެވެ.
ވީމާ، މިކައުންސިލްގެ ކުރިއަށް އޮތް 5 އަހަރަށް ތައްޔާރުކުރާ ތަރައްޤީގެ ޕްލޭނަށް ޚިޔާލު ހޯދުމަށް ބޭނުންވާ ފަރާތްތައް ތިރީގައިވާ ލިންކު މެދުވެރިކޮށް ޚިޔާލު ހުށަހެޅުއްވުން އެދެމެވެ.
ޚިޔާލު ހުށަހަޅާ ލިންކު: https://forms.fillout.com/t/eY72mkn2rwus
ތަރައްޤީގެ ޕްލޭން: https://drive.google.com/file/d/1QWZpROiiXf5BEapMWsDpqVl7cZppUBTk/view?usp=sharing
އަދި ދަންނަވަމެވެ. މިކަމާއި ގުޅިގެން އިތުރަށް މަޝްވަރާކުރުމަށް ބާއްވާ ރައްޔިތުންގެ ބައްދަލުވުމެއް 2026 ނޮވެމްބަރ 16 ވާ ހޯމަ ދުވަހުގެ ރޭ 20:15ގައި ކައުންސިލްގައި ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.
ވީމާ، މިބައްދަލުވުމަށް ރަށުގެ އެންމެހާ ރައްޔިތުންނަށް އަދި ޚާއްސަކޮށް ތަރައްޤީގެ ޕްލޭންގެ މަސައްކަތުގެ ބައްދަލުވުންތަކުގައި ބައިވެރިވެ ދެއްވި ފަރާތްތަކަށް ދަޢުވަތު އަރުވަމެވެ.
މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.