އާއްމު އެންގުން

ރަށުގައި އުފެދޭ ކުނި އުކާލުމާއިގުޅޭ އާއްމު އެންގުން

ނަންބަރު: (IUL)369-FS-369/2025/21
ޕަބްލިޝްކުރި ތާރީޚު: 27 ފެބުރުވަރީ 2025

ރަށުގައި އުފެދޭ ކުނި އުކާލުމާއި ގުޅޭ

ރަށުކައުންސިުން ވެމްކޯއާއި ހަވާލުކޮށްގެން ރަށުގައި ޖަމާވެފައިވާ ކުނި ބޭރުކުރުމުގެ މަސައްކަތް ނިމުމަކާއި ހަމައަށް އައިސްފައިވަތީއާއި އަދި މިވަގުތު ކުނި އަޅަމުންގެންދާ ސަރަޚައްދު ސާފޮކޮށް ނިމިފައިވާތީއާއެކު، އެސަރަޚައްދަށް 2025 ފެބްރުއަރީ 27 (މިއަދު) ގެ ހެނދުނު 10:30 ފެށިގެން ކުނި އެޅުން މަނާވެފައިވާނެ ވާހަކަ އާއްމުކޮށް ރަށުގައި ދިރިއުޅެމުންގެންދާ އެންމެހާ ފަރާތްތަކުގެ ސަމާލުކަމަށްޓަކައި ދެންނެވީމެވެ. މިކަމުގެ ސަބަބުން ގޭބިސީތަކުގައި އުފެދޭ ކުނި އުކާލުމާއި ނައްތާލުން ވަގުތީގޮތުން ކުރިޔަށް އޮތް ވަގުތުތަކުގައި ހުއްޓާލެވިފައިވާނެވާހަކަ މަޢުލޫމާތައްޓަކައި ދަންނަވަމެވެ.
އަދި މިކަމުގެ ސަބަބުން ކުރިމަތިވާނެ ދަތިތަކަށް ކައުންސިލްގެ ފަރާތުން ނިޙާޔަތައް މާފައްއެދެމެވެ. އަދި ކުނި އެޅުމަށް ކުރިޔަށް އޮތް ދުވަސްތަކުގައި ޢަމަލުކުރުމަށް ކަނޑައެޅިފައިވާ އުޞޫލުތައް އާއްމުކޮށް އެންގޭނެވާހަކަވެސް ރައްޔިތުންގެ މަޢުލޫމާތައްޓަކައި ދެންނެވީމެވެ. 
މިފަދަ ކޮންމެ ކަމެއްގައި ރައްޔިތުންގެ ފަރާތުން ދެއްވަމުންގެންދަވާ އެއްބާރުލުން ފާހަގަކުރަމެވެ. 

ޝެއަރ ކުރައްވާ

ޑައުންލޯޑް ކުރުމަށް

All Rights Reserved © 2026

މުލަކަތޮޅު މަޑުއްވަރި ކައުންސިލްގެ އިދާރާ