އާއްމު އެންގުން

މ.މަޑުއްވަރީ ކައުންސިލްގެ 1 ވަނަ ޤުރުއާން މުބާރާތުގެ ގަވާއިދަށް ޚިޔާލާއި ކޮމެންޓްކުރުމުގެ ފުރުޞަތު ހުޅުވާލުން

ނަންބަރު: (IUL)369/369/2025/48
ޕަބްލިޝްކުރި ތާރީޚު: 24 އެޕްރީލް 2025
ސުންގަޑި: 15 މޭ 2025

މ.މަޑުއްވަރީ ކައުންސިލްގެ ފަރާތުން މިއަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހު ބޭއްވުމަށް ގަސްތުކުރާ  1ވަނަ "ހިތްފަހި މ.މަޑުއްވަރި ރަންތާޖު ޤުރުއާން މުބާރާތް " އަށް އެކުލަވާލެވިފައިވާ މުބާރާތުގެ ޤަވާއިދަށް ޢާންމުންގެ ޚިޔާލު ހޯދުމަށް މިއަދުން ފެށިގެން ހުޅުވާލަމެވެ. މި އިޢުލާނާއި އެކު ގަވާއިދުގެ ޑްރާފްޓް އާންމުކުރެވިފައިވާނެއެވެ. 

ވީމާ ، މި ގަވާއިދަށް އެއްވެސް ފަރާތެއްގެ ޚިޔާލެއް ނުވަތަ ކޮމެންޓެއް އޮތްނަމަ 15 މެއި 2025 ވާ ބުރާސްފަތިދުވަހުގެ 13:00 ގެ ކުރިން މ.މަޑުއްވަރީ ކައުންސިލް އިދާރާގެ އީމެއިލް އެޑްރެސް info@maduvvari.gov.mv އަށް މެއިލްކުރެއްވުން އެދި ދެންނެވީމެވެ. 

ޝެއަރ ކުރައްވާ

ޑައުންލޯޑް ކުރުމަށް

All Rights Reserved © 2026

މުލަކަތޮޅު މަޑުއްވަރި ކައުންސިލްގެ އިދާރާ