5 ވަނަ ދައުރު - 2026 - 2 ވަނަ ޢާންމު ޖަލްސާ
އެޖެންޑާ
- 5 ވަނަ ދައުރުގެ 2026 ވަނަ އަހަރުގެ 02 ވަނަ ޢާއްމު ޖަލްސާގެ އެޖެންޑާ ފާސްކުރުން.
- 5 ވަނަ ދައުރުގެ 2026 ވަނަ އަހަރުގެ 01 ވަނަ ޢާއްމު ޖަލްސާގެ ޔަޢުމިއްޔާ ފާސްކުރުން.
- ދުންމާރި ކެފޭ ހިންގާ ބިމުގެ ޖާގަ ވަގުތީ ގޮތުން އިތުރު ކުރުމާއި ގުޅޭގޮތުން، މުސްޠަފާ ޙުސައިން، މަޝްރޫރާގެ ހުށައަޅާފައިވާ ސިޓީއާއި ގުޅޭގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުން.
- އެމް،އީ،ސީ ކުލަބުން 24 އޭޕްރީލް 2026 ގައި ފޮނުވާފައިވާ ނަމްބަރ:05/2026/MEC/PRIVސިޓިއަށް މަޝްވަރާކޮށް ގޮތެއް ނިންމުން
- މަޑުއްވަރީ ސްކޫލުން 07 މެއި 2026 ގައި ފޮނުވާފައިވާ ނަމްބަރ: 09/2026/308/969 ސިޓީއަށް މަޝްވަރާކޮށް ގޮތެއް ނިންމުން
ޚުލާސާ
ޖަލްސާގެ އެޖެންޑާއާއި ފުރަތަމަ ޖަލްސާގެ ޔައުމިއްޔާ ފާސްކުރުމުގެ އިތުރުން ރ.މަޑުއްވަރީ އެކުވެރިންގެ ކުލަބުން ފޮނުވާފައިވާ ސިޓީއަށް މަޝްވަރާކޮށް އެހީދިނުމަށް ފާސްކުރުމާއި މަޑުއްވަރީ ސްކޫލުގެ ޕްރައިޒްޑޭއަށް އެހީގެ ފައިސާ ދިނުމަށް ނިންމުމުގެ އިތުރުން ދުންމާރި ކެފޭ ހިންގާ ބިމަށް ވަގުތީ ގޮތުން ޖާގަ އިތުރުކޮށްދިނުމަށް އެދި މުޞްޠަފާ ޙުސައިން ހުށަހަޅާފައިވާ މައްސަލައިގެ އިޖުރާޢަތްތައް ފުރިހަމަ ނުވާތީ މައްސަލަ ކުރިއަށް ގެންދެވެން ނެތްކަމަށް މިޖަލްސާގައި ނިންމާފައިވެއެވެ.
ނިންމުން
5 ވަނަ ދައުރުގެ 2026 ވަނަ އަހަރުގެ 02 ވަނަ ޢާއްމު ޖަލްސާގެ އެޖެންޑާ ފާސްކުރުމަށް ނިންމުން
5 ވަނަ ދައުރުގެ 2026 ވަނަ އަހަރުގެ 01 ވަނަ ޢާއްމު ޖަލްސާގެ ޔަޢުމިއްޔާ ފާސްކުރުމަށް ނިންމުން.
އިޖުރާޢަތްތައް ފުރިހަމަ ނުވާތީ މިމައްސަލައަށް ގޮތެއް ނިންމެން ނެތްކަމަށް ނިންމުން.
އެމް.އީ.ސީ ކުލަބުން 24 އޭޕްރީލް 2026 ގައި ފޮނުވާފައިވާ ނަމްބަރ:05/2026/MEC/PRIVސިޓީއާ ގުޅޭގޮތުން މަޝްވަރާކުރުން ފަސްކުރުމަށް ނިންމުން.
މަޑުއްވަރީ ސްކޫލަށް އަހަރީ އިނާމު ދިނުމުގެ ޖަލްސާ ބޭއްވުމަށްޓަކައި 15،000.00 ރުފިޔާ ދިނުމަށް ނިންމުން.