5 ވަނަ ދައުރު - 2026 - 4 ވަނަ ޢާންމު ޖަލްސާ
އެޖެންޑާ
- ދެކުނު ބަނދަރުގެ، މިހާރުގެ ސިޑި ބަދަލުކުރުމާއިގުޅޭ ގޮތުން މަޝްވަރާކޮށް ގޮތެއްނިންމުން
- 2026 ވަނަ އަހަރުގެ ބަޖެޓާއި މަސައްކަތު ތާވަލު އަލުން ރިވިއުކޮށް ފާސްކުރުން
- ރ.އުފުލަންދޫން ދޫކޮށްފައިވާ ދަނޑުބިންތަކާއިމެދު ގޮތެއްނިންމުމަށް މަޝްވަރާކުރުން.
- ރައީސް،އަދި ނައިބް ރައީސް ނެތް ހާލަތުގައި ޖަލްސާގެ ރިޔާސަތު ބަލަހައްޓާނެ އިތުރު މެމްބަރަކު ހަމަޖެއްސުން
- ފުލުހުންގެ މަރުކަޒު ޤާއިމްކުރުމަށް ބިންހޯދުމާއި ގުޅޭގޮތުން އެ އިދާރާގެ ނަމްބަރ:3/2026/308/4-171 ސިޓިއަށް މަޝްވަރާކޮށް ގޮތެއްނިންމުން
ޚުލާސާ
ޖަލްސާގެ އެޖެންޑާ ފާސްކުރުމާއި، ދެކުނު ބަދަރުގެ މިހާރުގެ ސިޑީގެ އިތުރުން ބަދަރުގެ ނެރުގެ ހުޅަނގު ފައިކަށްޓައި ދިމާވާގޮތަށް އިތުރު ސިޑިއެއް ހެދުމަށް ނިންމުމާއި، 2026ވަނަ އަހަރުގެ މަސައްކަތު ތާވަލު އަލުން ރިވިއުކޮށް ފާސްކުރުމާއި، ރ.އުފުލަންދޫ އިން މިހާރު ދޫކޮށްފައިވާ ދަނޑުބިންތަކާއި އަލަށް ދޫކުރާ ދަނޑުބިންތަކުގެ ކުލީގެ ގޮތުގައި ނެގޭ ފީގެ އަދަދު އަކަފޫޓަކުން 4 ލާރިއަށް ކުޑަކުރުމާއި ، ދަނޑުބިންތަކުގެ އަކަފޫޓު 5000އަށް ބޮޑުކުރުމާއި 1 ޖުލައިން ފެށިގެން ދަނޑުބިންތަކުން ނެގޭ ފީ 6މަސް ދުވަހަށް ހިލޭ ކުރުމަށް ނިންމުން، ކުލި ހިލޭ ކުރެވޭނީ އެއްކޮން މަހުފީ ދައްކާފައިވާ ބިންތަކަށްކަމުގައި ނިންމުނެވެ. އަދި ކައުންސިލްގެ ރައީސް ނައިބް ރައީސް ނެތް ހާލަތެއްގަ ޖަލްސާގެ ރިޔާސަތު ބެލެހެއްޓުމަށް މެންބަރު ނިޝާމް ކަނޑައެޅުމަށް ނިންމުމާއި، ފުލުހުންގެ މަރުކަޒު ޤާއިމްކުރުމަށް ބިންހޯދުމާއި ގުޅޭގޮތުން އެ އިދާރާގެ ނަމްބަރ:3/2026/308/4-171 ސިޓިއަށް މަޝްވަރާކޮށް ރ މަޑުއްވަރީ ގަހާގޭ ހުޅަނގުން 502 ނަންބަރ ކޮށީގެ 9500 އަކަފޫޓުގެ ބިމެއް ދިނުމަށް ނިންމިއެވެ.
ނިންމުން
- ދެކުނު ބަނދަރުގެ މިހާރުގެ ސިޑީގެ އިތުރުން ބަނދަރުގެ ނެރުގެ ހުޅަނގު ފައިކަށްޓާއި ދިމާލުން ދިގު ޖެޓީގައި ސިޑިއެއް ހެދުމަށް ނިންމުން.
- 2026 ވަނަ އަހަރުގެ ކައުންސިލް ބަޖެޓާއި އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ރިވިއުކޮށް އަލުން ބަޖެޓް ފާސްކުރުމަށް ނިންމުން
- ރ އުފުލަންދޫއިން މިހާރު ދޫކޮށްފައިވާ ދަނޑުބިންތަކާއި އަލަށް ދޫކުރާ ދަނޑުބިންތަކުން ކުލީގެ ގޮތުގައި ނެގާ ފީ، 4 (ހަތަރެއް) ލާރިއަށް ކުޑަކުރުމާއި، ދަނޑުބިމެއް 5000 އަކަފޫޓަށް ބޮޑުކުރުމާއި، 1 ޖުލައި 2026، އިން ފެށިގެން 6 މަސް ދުވަހުގެ ގްރޭސް ޕީރިއަޑް ދިނުމަށް ނިންމުން. ގްރޭސް ޕީރިއަޑް ދެވޭނީ މަހުފީ ދައްކާފައިވާ ބިންތަކަށެވެ.
- ރައީސް، އަދި ނައިބް ރައީސް ނެތް ހާލަތުގައި ޖަލްސާގެ ރިޔާސަތު ބެލެހެއްޓުމަށް، ކައުންސިލް މެންބަރު މުޙައްމަދު ނިޝާމް ހަމަޖެއްސުމަށް ނިންމުން.
- ފުލުހުންގެ މަރުކަޒު ޤާއިމްކުރުމަށް ރ.މަޑުއްވަރީ ގަހާގޭގެ ހުޅަނގުން އޮތް 502 ނަންބަރު ބިމުން، 9500 (ނުވަހާސް ފަސްސަތޭކަ) އަކަފޫޓުގެ ބިމެއް ދޫކުރުމަށް ނިންމުން.