5 ވަނަ ދައުރު - 2026 - 6 ވަނަ ޢާންމު ޖަލްސާ

ޖަލްސާ ނަންބަރު: 308/5/2026/6
އެޖެންޑާ ނަންބަރު: 308/5/2026/6
ތާރީޚް: 17 ޖޫން 2026
ވަގުތު: 10:30
ތަން: ކައުންސިލް މީޓިންގް ރޫމް

އެޖެންޑާ

  1. 5 ވަނަ ދައުރުގެ 2026 ވަނަ އަހަރުގެ 06 ވަނަ ޢާއްމު ޖަލްސާގެ އެޖެންޑާ ފާސްކުރުން.
  2. ކައުންސިލްގެ ހިންގާ ޤަވާޢިދު މުރާޖާކޮށް ފާސްކުރުން
  3. ފުލުހުންގެ މަރުކަޒު ޤާއިމްކުރުމަށް ބިންހޯދުމާއި ގުޅޭގޮތުން އެ އިދާރާގެ ނަމްބަރ:3/2026/308/4-171 ސިޓީއަށް ކައުންސިލްގެ 04 ވަނަ ޖަލްސާއިން ނިންމާފައިވާ ނިންމުން އަލުން މުރާޖާކުރުމާއި ގުޅޭގޮތުން މަޝްވަރާކުރުން.
  4. އޮޑިދޯނިފަހަރު އެހެލާ ސަރަޙައްދު ތަރުތީބުކުރުމާއި ގުޅޭގޮތުން މަޝްވަރާކުރުން.

ޚުލާސާ

ޖަލްސާގެ އެޖެންޑާ ފާސްކުރުމުގެ އިތުރުން ކައުންސިލްގެ ހިންގާ ޤަވާޢިދު ފާސްކުރުން ކައުންސިލްގެ އެހެން ޖަލްސާއަކަށް އެޖެންޑާކުރުމަށާއި،  ފުލުހުންގެ މަރުކަޒު ޤާއިމްކުރުމަށް ބިންދޫކުރާނަމަ ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދުމަށްފަހު ގޮތެއް ނިންމުމަށާއި އޮޑިދޯނިފަހަރު އެހެލާ ސަރަހައްދު ތަރުތީބުކުރުމަށް ހަދާފައިވާ އުޞޫލު އިސްލާޙުކޮށް އެސަރަޙައްދުގައި ފެންސުޖެހުމަށް ނިންމުނެވެ.

ނިންމުން

  1. 5 ވަނަ ދައުރުގެ 2026 ވަނަ އަހަރުގެ 06 ވަނަ ޢާއްމު ޖަލްސާގެ އެޖެންޑާ ފާސްކުރުން.
  2. 5 ވަނަ ދައުރުގެ  ކައުންސިލް ހިންގާޤަވާއިދު ފާސްކުރުމަށް ކައުންސިލްގެ އެހެން ޖަލްސާއަކަށް އެޖެންޑާ ކުރުމަށް ނިންމުން.
  3. ފުލުހުންގެ މަރުކަޒު ޤާއިމްކުރުމަށް ބިންދޫކުރާނަމަ ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދުމަށްފަހު ގޮތެއްނިންމުމަށް، ނިންމުން. 
  4. އޮޑިދޯނިފަހަރު އެހެލާ ސަރަޙައްދު ތަރުތީބުކުރުމަށް 3 ވަނަ ދައުރުގެ ކައުންސިލުން ހަދާފައިވާ އުޞޫލު އިސްލާޙްކޮށް އަލުން އެއުޞޫލުގެ ބޭނުން ހިފުމާއި، އެސަރަޙަށްދުގައި ދިރިއުޅޭ ފަރާތްތަކުން ހުށައަޅާފައިވާ މައްސަލަތަކަށް އަވަސް އަދި ވަގުތީ ޙައްލެއް ގެނެސްދިނުމަށް އެސަރަޙަށްދުގައި ފެންސުޖެހުމަށް ނިންމުން. 
ޝެއަރ ކުރައްވާ

ގުޅުންހުރި ފައިލްތައް

ޔައުމިއްޔާ ފައިލްތައް

All Rights Reserved © 2026

މުލަކަތޮޅު މަޑުއްވަރި ކައުންސިލްގެ އިދާރާ